އދ. މާމިގިލީ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ކުޑަކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި މާމިގިލީ ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލައެއް މިރޭ 7:00 ހާއިރު ފުލުހުންނަށް ހުށަހެޅިގެން އެ ރަށު މީހުންނާ އެކު މިރޭ ދިޔައީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި ދެންމެ ފުލުހުން ބުނެފައިވަނީ، އެ ކުއްޖާ މިހާރު ފެނިފައިވާކަމަށާއި އެ ކުއްޖާ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެ ކުއްޖާ މަރުވެފައިވާކަމަށް މަރުކަޒުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު