މަރްޔަމް ނަހްދާ ވަޙީދު   15 ޖުލައި 2025 - 8:22
ޖާންވީ ކަޕޫރާއި ސިދާތު މަލްހޯތުރާ
ޖާންވީ ކަޕޫރާއި ސިދާތު މަލްހޯތުރާ
ބޮލީވުޑްގެ މަޝްހޫރު ތަރިން ޖާންވީ ކަޕޫރާއި ސިދާތު މަލްހޯތުރާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ޕަރަމް ސުންދަރީ" ނެރޭ ދުވަސް ފަސްކޮށްފިއެވެ.

މީގެ ކުރިން މި ފިލްމު ނެރުމަށް ހަމަޖެއްސީ މިމަހު 25 ގައެވެ. ނަމަވެސް މިހާރު މި ފިލްމު ވަނީ އަންނަ އޮގަސްޓު މަހަށް ފަސްކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމު ފަސްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ނެރުނު ރާޖްކުމާރް ރާއޯގެ އާ ފިލްމު "މާލިކް"އަށް ލިބޭ ތަރުހީބު މަޑުމަޑުން އިތުރުވަމުން އަންނާތީ އާއި މި މަހު 25 ގައި އަޖޭ ދޭވްގަންގެ އާ ފިލްމު "ސަން އޮފް ސަރުދާރު 2" ވެސް އަޅުވާތީ ކަމަށެވެ.

"ޕަރަމް ސުންދަރީ"އަކީ އުތުރު އިންޑިއާގެ ފިރިހެނަކާއި ދެކުނު އިންޑިއާގެ އަންހެން ކުއްޖަކު ލޯބިވެވުމުން ހިނގާ ތަފާތު ކަންތައްތަކެއް ދައްކާ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.

މި ފިލްމު ޑައިރެކްޓު ކުރީ ތުޝާރު ޖަލޯތާ އެވެ. އަދި މި ފިލްމު ގެނެސްދެނީ މެޑޮކްސް ފިލްމްސް އިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް