ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި އައިމިނަތު ޒާރާގެ ކައިވެނި، އަހަރެއް ނުވަނީސް މިއަދު ރޫޅާލައިފިއެވެ.
މިކަން މީސްމީޑިއާގައި އާންމުކުރެއްވީ ސިޔާމްގެ އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީއޭ މެމްބަރު މުހައްމަދު އައްބާސް މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވެފައިވަނީ ސިޔާމްއާއި ޒާރާގެ ކައިވެނި "ރިވެތިގޮތުގައި، މަޝްވަރާއަށް ފަހުގައި" ރޫޅާލާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ސިޔާމް އާއި ޒާރާގެ ކައިވެނި ކުރީ، އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވެގެން ކަމަށް އަދި ކައިވެނި ރޫޅާލީ ވެސް، ރިވެތިގޮތުގައި މަޝްވަރާކުރުމަށް ފަހުގައި، ސުލްހަވެރިކަމާއެކު، ސުލްހަވެރި މާހައުލެއްގައި ކަމަށެވެ.
އަދި ވިދާޅުވީ ސިޔާމަކީ އެއްވެސް ބޭފުޅަކާ މެދު ނިކަމެތިކޮށް ކަންކުރައްވާނެ ބޭފުޅެއް ނޫންކަމަށާއި އަދި ކޮންމެ ބޭފުޅަކާ މެދު ވެސް ކަންކުރައްވާނީ، ލޯބިން އަދި އޯގާތެރިކަމާއެކުގައި ކަމަށެވެ.
ޒާރާއަކީ 1446 ވަނަ އަހަރު އަޟްޙާ އީދުގައި ބ. ކަމަދޫއިން ގިނަބަައެއްގެ ސަމާލުކަން ހޯދި ނެށުންތެރިއެކެވެ. އޭނާއާއި ސިޔާމް ކައިވެނިބައްލަވައިގަތީ ސިޔާމްގެ ހުށަހެޅުއްވުމަކަށެވެ. އެ ކައިވެނީގެ ހަފުލާ އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުލަގަދަކޮށް ފާހަގަކުރި ކައިވެނީގެ އެއް ހަފްލާއެވެ.

ކިޔުންތެރިންގެ ހިޔާލު