މަރްޔަމް ނަހްދާ ވަޙީދު   16 ޖުލައި 2025 - 7:33
"ތެހެރާން" ގެ މަންޒަރެއް
"ތެހެރާން" ގެ މަންޒަރެއް
ބޮލީވުޑްގެ މަޝްހޫރު ތަރި ޖޯން އަބްރަހަމްގެ ކުރިއަށް އޮތް ފިލްމު "ތެހެރާން" ނެރުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕްލެޓްފޯމުން ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މިއީ ޖޯންގެ ފިލްމެއް ސިނަމާއަށް ނުނެރި، އޮންލައިނުކޮށް ނެރޭ ފުރަތަމަ ފަހަރެވެ.

ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާފައިވާ މިފިލްމު އަންނަ މަހު 15 ގައި ނެރޭނެ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެހެންނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ.

ދެހާސް ބާވީހުގެ ޖުލައި މަހުގެ ތެރޭގައި ޝޫޓިން ފެށި މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ އަރުން ގޯޕަލަން އެވެ. މި ފިލްމުގައި ޖޯންއާއެކު ލީޑުން ފެނިގެންދާނީ މަނޫޝީ ޗިލާރެވެ.

މިއީ ޖޯން އާއި މަނޫޝީ ބޮޑު ސްކްރީނުން އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް