ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އިމާރާތްކޮށްފައިވާ އާ ޓާމިނަލާއެކު، އެއާޕޯޓު 'ވަރަށް ރީތި' ވާނީ ދަރަނީގެ ދަންތުރައިން ޤައުމު ސަލާމަތްކުރެވޭނެ މަގު ފެންނަ ނަމަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އާ ޓާމިނަލްގެ މަސައްކަތް ނިންމުމުގައި މި ސަރުކާރުގެ ދައުރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޑުކިޔައި، ޓާމިނަލް ނިންމުމުގެ ކްރެޑިޓާ ބެހޭގޮތުން ބަހުސެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ކޮންކުރީޓް، ބިއްލޫރި އަދި ޕްލާސްޓިކް އަވައިގައި ޖެހި، އެއީ ތަރައްގީ ކަމަށް ދައްކަނީ ނަމަ އެއީ ހަނި ވިސްނުމެއް ކަމަށާއި، "ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ވެސް ރީތި ވާނީ ވަޅި ތޫނު ކަމަށް ބުނާ ނަމަ މިސާލުގައި" ކަމަށެވެ.
އަދި އާ އެއާޕޯޓްގެ ސަބަބުން ޓޫރިސްޓުން އަންނަވަރު އިތުރުވެ، ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަނަމަ ވެލާނާ އެއާޕޯޓް "ވަރަށް ރީތި" ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އާ ޓާމިނަލްގެ ކްރެޑިޓް މި ސަރުކާރުން ނަގަނީ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް ކުރެއްވި ކުރީގެ ހުރިހާ ވެރިންނަށް ޓާމިނަލްގެ ކްރެޑިޓް ލިބޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު