މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބޭހޭ ގައުމީ އިދާރާ، މެޓުން ބުނެފިއެވެ.
އެ އިދާރާއިން މިއަދު ނެރުނު މޫސުމާ ގުޅޭ ބަޔާނެއްގައި ބުނީ، މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށާއި، އަދި ވައި ބާރުވެ ކަނޑުތައް ގަދަވެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ އޮފީހުން ބުނީ މި ދުވަސްތަކުގައި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެ، ކަނޑުތަކާއި ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަަށެވެ.
އޭގެ އިތުރުން ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާއިބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއިއެކު މޫސުމަށް ސަމާލު ވުމަށް އެ އޮފީހުން އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު