ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ކޯޓުން އާންމުކޮށްފިއެވެ.

ފެމެލީ ކޯޓުން މިއަދު މީސްމީޑިއާގައި އާންމުކުރި ޕޯސްޓެއްގައިވަނީ، އެ މައުލޫމާތު އާންމުކުރީ ސާބިތު ޚަރަދު ނުދައްކާ ފަރާތްތަކާމެދު އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

އެގޮތަށް އާން،މުކުރި ފުރަތަމަ ފަރާތެއްގެ ގޮތުގައި ހާމަކޮށްފައިވަނީ ދަފްތަރު ނަންބަރު 2758، އަޙްމަދު ޢަލީގެ މަޢުލޫމާތެވެ. އެގޮތަށް ފޮޓޯ އާންމުކުރިނަމަވެސް، އެފަދައިން ހަރަދު ނުދީ ތިބޭ އެންމެންގެ ފޮޓޯ އާންމުކުރަން އަދި ނިންމާފައި ނުވާކަމަށް ކޯޓުގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ޚަރަދު ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު އާންމުކުރަން އެންމެ ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރު ފަހުކޮޅު ޅ. ހިންނަވަރު ކޯޓުން ނިންމި ނިންމުމެއްގައެވެ. އޭގެފަހުން ހދ. ކުޅުދުއްފުށީ ކޯޓުންވެސް އެފަދަ މީހުންގެ މައުލޫމާތު ހާމަކުރަން ފެށިއެވެ. ފެމިލީ ކޯޓުން ވެސް 2018 ގައި މިފަދަ މަޢުލޫމާތު އާންމުކުރަން ނިންމި ނަމަވެސް، އެއީ ގަވާއިދުގައި އޮންނަ އިޚްތިޔާރީ ފިޔަވަޅަކަށްވާތީ، މިހާތަނަށް އެގޮތަށް މައުލޫމާތު އާންމު ނުކޮށް އޮތީކަމަށް އެ ކޯޓުން ބުނެއެވެ.

ރާއްޖޭގައި ކައިވެނި ރޫޅުމަށްފަހު ފިރިހެނުން ދަރިންނަށް ހަރަދު ނުދޭ މައްސަލައަކީ ބޮޑު މައްސަލައެކެވެ.



ކިޔުންތެރިންގެ ހިޔާލު