ޗާގޯސް ހޯދުމަށް ރާއްޖެއިން މަސައްކަތްނުކުރާ ކަމަށް ސަފީރު ގީލާ އަލީ ވިދާޅުވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ ޔޫރަޕިއަން ޕާލަމެންޓުގައި ސަފީރު ޤީލާ އަލީއާއި ސުވާލުކުރެވުނީ ޗާގޯސް ނުވަތަ ފޯޅަވަހީގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރުމާއި ގުޅޭގޮތުންކަމަށެވެ. އަދި އެކަމަނާގެ ޖަވާބުގައި ރާއްޖެއިން ޗާގޯސް ހޯދަން މަސައްކަތް ނުކުރާކަމަށް ނުވަތަ އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށްވެސް ވިދާޅުވެފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެމެރިކާގެ އަސްކަރީ މަރުކަޒެއް އެ ތަނުގައި ހުރުމާއި މެދު ސަފީރާ ސުވާލު ކުރެއްވި ކަމަށެވެ. އަދި ޖަވާބުގައި ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް މާކުރިއްސުރެ ޤާއިމުވެފައި ހުންނަކަމަށާއި، ރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށް ސަފީރު ވިދާޅުވި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ޗާގޯސްގެ ޙައްޤުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި ކަމަށް މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އަދި އޭރުގެ ސަރުކާރުން އެކަން ކޮށްފައިވަނީ ސިއްރު ސިޓީ އަކުން ކަމަށާއި، އެކަން ދިވެހި ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު @geelaali, ޔޫރަޕިއަން ޕާލިމަންޓުގައި، ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ދެއްކެވި ވާހަކަފުޅުތައް އޮޅުވާލައިގެންނެވެ.…
— Abdulla Khaleel (@abkhaleel) July 16, 2025
ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ޗާގޯސްގެ ޙައްޤުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި ކަމަށް މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އަދި އޭރުގެ ސަރުކާރުން އެކަން ކޮށްފައިވަނީ ސިއްރު ސިޓީ އަކުން ކަމަށާއި، އެކަން ދިވެހި ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު