މާލޭގެ ބޮޑުތަކުރުފާނު މަގުގެ މާފަންނު ބަސް ޓާމިނަލް ކައިރީގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތައްވި ފިރިހެން މީހާ މިއަދު ވެންޓިލޭޓަރުން ނަގައިފިއެވެ.
18 އަހަރު ނުވާ ދެކުއްޖަކު ދުއްވި ސައިކަލުން ޖެހި ހިނގާދިޔަ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ. އެއީ މަޝްހޫރު ފަންނާނުންކަމަށްވާ މުޙައްމަދު ޢަބްދުލްޤަނީ އަދި އަޝްފާގެ ދަރިފުޅެވެ. އަދި އޭނާއާ އެކު ސައިކަލުގައި އިން ކުއްޖާއަށްވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހަކީ ކަފިހުރަސް މަތިން ދުވެފައި ދިޔަ މީހެކެވެ. ކަސްރަތަށް ދުވަމުން ދިޔަ އެ މީހާގައިގައި ސައިލުން ޖެހި އެ މީހާ ވަރަށް ބާރަށް ވެއްޓޭތަން ވީޑިއޯއިން ފެނެއެވެ. އޭނާ އެވަގުތު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށީވެސް ވެންޓިލޭޓަރުގައެވެ.
އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާއަށް މިހާރުވެސް ވޯޑުގައި ދަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު