ޑޮލަރުގެ އަގު މީގެކުރިން މައްޗަށް ނުދާ މިންވަރަށް އުފުލި އާންމު ފަރުދުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒަމް ވިދާޅުވެއްޖެ އެވެ.
މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20.20ރ. އަށެވެ. މިއީ މިހާތަނަށް ޑޮލަރުގެ ރޭޓު އެންމެ މައްޗަށް އެރި ފަހަރެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވުމުގެ ތަކުލީފު ވިޔަފާރިތަކުން އުފުލަން ޖެހުމުގެ އިތުރުން އާންމު ފަރުދުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ މި ކަމުގައި ރާއްޖޭގެ އެންމެހައި ރައްޔިތުން އުފުލަމުންދާ ތަކުލީފަށް ހައްލެއް ހޯދައި ދިނުމުގެ އެއްވެސް އަމަލީ ސިފައެއް މި ސަރުކާރުގެ ފިސްކަލް އަދި މަނިޓަރީ ޕޮލިސީތަކުން ފެންނަމުން ނުދާކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ރާއްޖެ ބަނގުރޫޓުވާ ހާލަތަށް ވެއްޓި ގައުމާއި އިގުތިސޯދީ މިނިވަންކަން ގެއްލުމުގެ ފުރުސަތު އޮތް ކަމަށެވެ.
"ނަތީޖާއަކަށް ވެގެން ދާނީ ރާއްޖެ ބަގުރޫޓް ވާ ހާލަތަށް ވެއްޓި ޤައުމީ އަދި އިޤްތިސާދީ މިނިވަންކަން ގެއްލި ރައްޔިތުން ބިކަވުން, ސިޔާސީ ނާޖާއިޒު ބޭނުމަށް އިތުރު ބޭކާރު ހަރަދުތައް ނުކޮށް މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލަން." މޭޔަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު