ގދ. މަޑަވެލި ކައިރިން ޑިންގީއެއް ބަންޑުންޖަހާލި ހާދިސާއެއްގައި ކަނޑުވި ބަޔަކު ސަލާމަތްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މަޑަވެއްޔާ ދިމާ ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހައިކަށްހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ސަރޗް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފްގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނި އަނބުރައި މަޑަވެއްޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނިގޮތުގައި އޮޔާދާކަމަށް ރިޕޯޓްކުރެވުނު ޑީންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު 11:04 އެހައިކަންހާއިރު ފެނިފައިވާ ކަމަށެވެ. އަދި އެ ޑިންގީގައި ދަތުރުކުރި ދެ މީހުން، ފެނުނީ ބަންޑު ޖަހާލި ޑިންގީ މަތީގައި ތިއްބާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 40 އަހަރާއި 66 އަަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު