ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ފިލްމު "ސަން އޮފް ސަރްދާރް 2" ނެރުން ފަސްކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މީގެ ކުރިން މި ފިލްމު ނެރުމަށް ހަމަޖެއްސީ މިމަހު 25 އެވެ. އެހެންނަމަވެސް މިހާރު ފިލްމު ނެރޭ ދުވަސް ފަސްކޮށް، އޮގަސްޓު 1 ގައި ނެރޭ ގޮތަށް ހަމަޖައްސާފައިވާކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.
މި ފިލްމު ފަސްކޮށްފައިވަނީ ޔަޝް ރާޖް ފިލްމްސް އިން ގެނެސްދިން "ސައްޔާރާ" އަށް ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އެހެންވެ، މި ދުވަސްވަރު ސަން އޮފް ސަދްދާރް ނެރެފިނަމަ، ވިޔަފާރި ނަޒަރަކުން ބަލާއިރު އެހާ ވޮޑު ފައިދާއެއް ނުލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަން އޮފް ސަރްދާރް 2 ގެ ކާސްޓުންގެ ތެރޭގައި އަޖޭގެ އިތުރުން ހިމެނެނީ މްރުނާލް ތާކުރު، ރަވީ ކިޝަން، ނީރޫ ބާޖްވާ، ދީޕަކް ޑޮބްރިޔާލް، ކުބްރާ ސެއިޓު، ޗަންކީ ޕާންޑޭ، ޝަރަތު ސަކްސޭނާ، ވިންދޫ ދާރާ ސިންގު، ރޯޝްނީ ވާލިޔާ، ސަންޖޭ މިޝްރާ، އަޝްވިނީ ކަލްސޭކަރް އަދި މުކުލް ދޭވް އެވެ.
މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ ވިޖޭ ކުމާޜު އަރޯރާއެވެ.

ކިޔުންތެރިންގެ ހިޔާލު