ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ ކުލި ގަވާއިދުން ދައްކާ ފަރާތްތަކަށް، ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިރޭ ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ ކުލި ގަވާއިދުން ދައްކާ ފަރާތްތަކަށް، ކުލިން ހައެއް އިންސައްތައިގެ ސަބްސިޑީއެއް ލިބޭނެ ކަމަށެވެ. މި ސަބްސިޑީ ދިނުމުގެ މަގުސަދަކީ ކުލި ގަވާއިދުން ދެއްކުމަށް ހިތްވަރު ދިނުމާއި، މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކަށް ލުއި ފަސޭހަ ކޮށްދިނުން ކަމަށް ހަމްދާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ 4،000 ހައުސިން ޔުނިޓްގައި ދެ ކޮޓަރީގެ ޔުނިޓްތަކާއި ތިން ކޮޓަރީގެ ޔުނިޓްތައް ހިމެނޭ ކަމަށެވެ. ދެ ކޮޓަރީގެ ޔުނިޓެއްގެ މަހު ކުލީގެ ގޮތުގައި 7،000 ރުފިޔާ، އަދި ތިން ކޮޓަރީގެ ޔުނިޓެއްގެ މަހު ކުލީގެ ގޮތުގައި 9،000 ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ. މި ކުލި ކަނޑައަޅާފައިވަނީ ޔުނިޓްތައް ހަދަން ދިޔަ ޚަރަދުތަކަށް ބަލައިގެން ކަމަށާއި، އެފްޑީސީއަށް މި ކުލިން އެއްވެސް ފައިދާއެއް ނުލިބޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ. މިއީ ސީދާ ލޯނަށް ދާނެ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ އެ ހައުސިން ޔުނިޓުތަކަށް ވަނުމަށްޓަކައި، ދެ ކޮޓަރީގެ ޔުނިޓަށް 15،000 ރުފިޔާ، އަދި ތިން ކޮޓަރީގެ ޔުނިޓަށް 25،000 ރުފިޔާ ޑިޕޮސިޓެއްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ. ހަމްދާން ޝަކީލް އިތުރަށް ވިދާޅުވީ، ކުލި ގަވާއިދުން ދައްކާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.
އެގޮތުން، މަހުގެ ކުލި "އޮން ޓައިމް" އަށް ދައްކާ ފަރާތްތަކަށް 6 އިންސައްތައިގެ ސަބްސިޑީއެއް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަބްސިޑީ ދިނުމުގެ ބޭނުމަކީ ކުލި ގަވާއިދުން ނުދައްކާ ފަރާތްތަކަށް އެއްވެސް ބުރައެއް ނުއުފުލައި، ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ހިތްވަރެއް ދިނުން ކަމަށް ހަމްދާން ޝަކީލް ވިދާޅުވިއެވެ.
ނަމަވެސް، ކުލި ދެއްކުން ލަސްވާވަރަކަށް މި ސަބްސިޑީ ކުޑަވަމުންދާނެ ކަމަށާއި، މަހުގެ 20 ނުވަތަ 25 ވަނަ ދުވަހާ ހަމައަށް ވެސް ކުލި ދައްކާފައި ނުވާނަމަ، ސަބްސިޑީ އެއްކޮށް ކެނޑި، ފުލް އެމައުންޓް ދައްކަން ޖެހޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.
މި ސިޔާސަތުގެ ދަށުން، ކުލި ދައްކާ ފަރާތްތަކަށް ހިތްވަރެއް ލިބި، ގަވާއިދުން ކުލި ދެއްކުމަށް މަގުފަހިވެގެންދާނެ ކަމަށް އެފްޑީސީއިން އުންމީދުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު