ރައީސް މުޢިއްޒާއި (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، 4000 ފުލެޓް މަޝްރޫޢު ބައްލަވާލައްވަނީ
ރައީސް މުޢިއްޒާއި (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، 4000 ފުލެޓް މަޝްރޫޢު ބައްލަވާލައްވަނީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ފަށްޓަވާ ހުރިހާ ޕްރޮޖެކްޓެއް ނިންމަވާނެ ބޭފުޅެއް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، ވިދާޅުވެއްޖެއެެވެ.

ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ފަށްޓަވާ ހުރިހާ ޕްރޮޖެކްޓެއް ނިންމަވާނެ ބޭފުޅެއް ކަމަށެވެ. ހަމްދާން ވިދާޅުވީ ހުޅުމާލެ މިހާރު ނެތިދާ ހާލަތަކާ ދިމާލަށް ގޮސްފައިވާ ކަމަށާއި، އެހެންކަމުން މާލެ ސަރަހައްދު، ނުވަތަ ގްރޭޓަރ މާލެ އޭރިއާގެ ބޯހިޔާވަހިކަމުގެ ބޭނުމަށް، މި ސަރުކާރުން ފުރިހަމައަށް ކޭޓަރ ކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރަކީ މަސައްކަތް ފެށުމަށްފަހު ނިންމާނެ ސަރުކާރެއް ކަމަށެވެ.

"އެއީ މި ދެންނެވިހެން އަޅުގަނޑުމެން ޕްރޮޖެކްޓް ފެށުމަށް ފަހު މަސައްކަތް ފަށަން ޖެހޭނީ މަސައްކަތް ފެށުމަށް ފަހު މި ސަރުކާރަކީ މަސައްކަތް ނިންމާނެ ސަރުކާރެއް. އެކަން އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. ތިލަމާލެ ބްރިޖް އެއޮތީ ނިންމާފައި. އިރާދަކުރެއްވިއްޔާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވެސް އަށް އަހަރު ދުވަހު އުޅުނު ޕްރޮޖެކްޓް އޮތީ ސަރުކާރު އިރާދަކުރެއްވީތީ ނިންމާފައި،" ހަމްދާން ވިދާޅުވިއެވެ.

މީގެ އިތުރުން، ނުނިމި ހުރި 4000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މި ސަރުކާރުން ނިންމާނެ ކަމަށް ހަމްދާން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޕްރޮޖެކްޓްތައް ފެށުމަށްފަހު، އެ ޕްރޮޖެކްޓްތައް ނިންމާނެ ކަމަށް ރައީސް މުޢިއްޒުގެ މައްޗަށް އިތުބާރު ކުރައްވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.

"ރައީސް މުޢިއްޒަކީ މަސައްކަތް ހަމަ ކޮމްޕިއުޓްކުރައްވާނެ ޕްރޮޖެކްޓް ނިންމަވާނެ ބޭފުޅެއް،" ހަމްދާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު