ސައްޔާރާގެ ޕޯސްޓަރު
ސައްޔާރާގެ ޕޯސްޓަރު
ތިން ދުވަސްތެރޭ "ސައްޔާރާ" އަށް 80 ކަރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މި ފިލްމަކީ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ ފިލްމީ ދާއިރާއަށް ތައާރަފްވި ފިލްމެވެ. މި ފިލްމަށް މާބޮޑު ޕްރޮމޯޝަނެއް ކޮށްފައި ނުވާއިރު، ހައިރާންކުރުވަނިވި ކާމިޔާބީއެއް މިއަށް ވަނީ ލިބިފައެވެ.

މޯހިތު ސުރީ ޑައިރެކްޓު ކުރި މި ފިލްމުން އަހާން އާއި އަނީތު ހުނަރުވެރި ތަރިންގެ ގޮތުގައި މިވަނީ އެންމެންނަށް ދައްކުވައިދީފައެވެ.

މި ފިލްމަށް ތިން ދުވަސްތެރޭ 80 ކަރޯރުގެ އާމްދަނީއެއް ލިބިފައިވާއިރު، ހަތަރު ވަނަ ދުވަހު 100 ކަރޯރަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމަށް މިހާ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ މާކެޓިން އާއި ޕްރޮމޯޝަންގެ ބަދަލުގައި، ފިލްމުގެ ކޮންޓެންޓްގެ ބާރުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް