އެންސްޕާ އަދި އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް ދޭ ޑޮލަރު ލިމިޓު އިތުރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
އެކްސްގައި މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އާސަންދައިގެ ހަރަދުގައި ބޭރަށް ދާ މީހުންނަށް ބޭންކު މެދުވެރިކޮށް 2،000 ޑޮލަރު ލިބޭ ގޮތަށް، އަދި އެންސްޕާގެ އެހީގައި ފަރުވާއަށް ދާ މީހުންނަށް ވެސް، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ވަރަށް ޑޮލަރު ލިމިޓު ބޮޑުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.
މީގެ އިތުރުން، އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާއަށް ދާ މީހުންނަށް ބޭންކުތަކުން 1،000 ޑޮލަރު ހަމަޖެއްސުމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، 1 އޮގަސްޓު 2025 އިން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށާއި އަމިއްލަ ޚަަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް މި ތާރީޚުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ ދަންނަވާފައި." ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އަމިއްލަ ހަރަދުގައި ފަރުވާއަށް ދާ މީހުންނަށް ބީއެމްއެލް މެދުވެރިކޮށް މިހާރު ދޫކުރަނީ ޓިކެޓަށް ލިބޭ 500 ޑޮލަރެވެ. އެހެންވެ، ބޭސް ފަރުވާއަށް ދާ މީހުން ޑޮލަރު ޖެހެނީ ކަޅު ބާޒަރުން ބޮޑު އަގުގައި ގަންނާށެވެ.

ކިޔުންތެރިންގެ ހިޔާލު