އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ފަރާތުން މިއަދު ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު، އަހްމަދު މުނައްވަރާ ބައްދަލުކުރުމަށް ވަޑައިގަތުމުން، އޭނާ އަމަލުކުރެއްވީ ވަރަށް ދެރަވަރު ކޮށް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ވިޔަފާރިތަކަށް އޭގެ ސަބަބުން ކުރާ އަސަރުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް، މައި އިދިކޮޅު ޕާޓީ، ޕީޖީ ގުރޫޕުގެ ފަރާތުން މިއަދު ވަނީ އެމްއެމްއޭގެ ގަވަރުނަރާއި ބައްދަލުކުރަން ވަޑައިގެންފައެެވެ. އެހެން ނަމަވެސް ކުރިން އެޕޮއިންޓްމަންޓް ހައްދަވާފައިނުވާ ކަމަށް ވިދާޅުވެ ގަވަރުނަރު އެމްޑީޕީގެ ޕީޖީ ގުރޫޕާއި ބައްދަލެއް ނުކުރެއްވިއެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ފަރާތުން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މީޑިޔާ އަށް ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު މިއަދު އަމަލު ކުރެއްވީ ވަރަށް ދެރަވަރު ކޮށް ކަމަށެވެ. ޑރ. ޝަމްހީދު ވިދާޅުވީ، ރާއްޖޭގެ ޑޮލަރުގެ ކަންތައްތަކާ ގުޅޭ ދެ މުހިންމު ކަމެއްގައި މިހާރު ސަރުކާރަށާއި މަޖިލީހަށް ޖަވާބުދާރީވާން ހުރީ ގަވަރުނަރު ކަމަށެވެ.
ނަމަވެސް ގަވަރުނަރު މަޖިލީހަށް ހާޒިރު ނުވާ ކަމަށާއި، ރައްޔިތުންނަށް ޢާންމުކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާ ކަމަށް ވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ. ދެވަނަ ކަމަކަށް ޑރ. ޝަމްހީދު ވަނީ، މިދިޔަ ހަފުތާގައި މީޑިއާތަކުން ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ، ދައުލަތުގެ ޕްރޮޖެކްޓެއްގެ ބޭނުމަށް ސަރުކާރުން ރިކުއެސްޓެއް ފޮނުވާފައި އޮތް ވާހަކަ އާންމުވެފައިވާކަން ފާހަގަކުރައްވާފައެވެ. މިކަމާ ގުޅިގެން ގަވަރުނަރު މިހާރު އެ ފައިސާ ދޫކުރަން ނިންމާފައިވާ ކަމުގެ ކަންބޮޑުވުން އެބަހުރި ކަމަށާއި، ރިޒާވުގެ ފައިސާ ސަރުކާރު އެދުނީމާ ދޫކޮށްލަނީތޯ ސުވާލު އުފެދޭ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
މި ދެ ކަންބޮޑުވުން ފާހަގަކުރުމަށް އެމްއެމްއޭއަށް ދިޔުމުން، އެމްޑީޕީގެ މެންބަރުންނާމެދު ޢަމަލުކުރެއްވީ ވަރަށް ދެރަވަރުކޮށް ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ގިނަ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ބޮޑެތި އަސަރުތައް ކުރަމުންދާ މި ދަނޑިވަޅުގައި، މައި އިދިކޮޅު ޕާޓީ، އެމްޑީޕީން މިކަމާ ގުޅޭގޮތުން ފޮނުވި ސިޓީއަށް ވެސް ގަވަރުނަރު ޖަވާބު ދެއްވައިފައެއް ނުވެއެވެ. މި މައްސަލައިގައި ގަވަރުނަރު މުނައްވަރާ ބައްދަލުކުރަން އެދި، އެމްޑީޕީގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ސިޓީއެއް ފޮނުއްވައިފައެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މި އަހަރު އަމަލުކުރަން ފެށި ނަމަވެސް، އެ ގާނޫނު ތަންފީޒުނުކުރެވޭތީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް ރަސްމީކޮށް އުފެދިފައިވާކަމަށެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސަންޓު އެމްއެމްއޭއަށް ނަގަން ފެށުމުން، މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ލިބުން ދަތިވެ، ބޭންކުތަކުން އެ ފަރާތްތަކަށް ފޯރުކޮށްދޭ ޑޮލަރު ވެސް ލިބުން ހުއްޓުމަކަށް އަންނަން ފަށާފައިވާ ކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.
ސިޓީގައި އިތުރަށް ބުނެފައިވަނީ، ޑޮލަރު ލިބުން ނުހަނު ދަތިވުމާއެކު، ގިނަ ވިޔަފާރިތަކެއް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވެދާނެކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު