ބަންޑާރަނައިބު އަޙްމަދު އުޝާމަކީ 2008 ގެ ފަހުން ރާއްޖޭގެ ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވި ބޭފުޅާކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން މަރުހަބާ ވިދާޅުވެ އުޝާމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓު ހިއްސާކުރައްވައި މަހާޒު މިއަދު ވަނީ ޗެޓު ލޮގެއް ޕޯސްޓު ކުރައްވާފައެވެ. މަހާޒް ވިދާޅުވެފައިވަނީ އެއީ ވަކީލަކު ލައްވައި އުޝާމް، މަހާޒަށް ގުޅުއްވި ކަމަށް ބުނާ ކޯލު ފެންނަ ޗެޓްލޮގެއް ކަމަށެވެ.
އަށް މިނެޓުގެ އެ ކޯލުގައި ވަކީލަކު މެދުވެރިކޮށް ގުޅުއްވައި، ފެބްރުއަރީ 10، 2025ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށާއި އޮކްޓޯބަރު 25، 2022ގައި ހިނގާފައި އޮތް ހާދިސާއެއްގެ މައްސަލަ ވެސް ޖޭއެސްސީން ނުބަލާނެ ކަމުގައި އެ ވަކީލު ވިދާޅުވި ކަމަށް މަހާޒްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އަދި 2022 ވަނަ އަހަރުގެ ވާހަކައެއް މިހާރު ދައްކަނީ ކީއްވެގެންކަން އެނގިވަޑައިގަންނަވާކަމަށް އެ ވަކީލު އަރިހު މަހާޒު ވިދާޅުވިކަމަށް ޕޯސްޓުގައި ވެއެވެ.
އެއަށްފަހު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އުޝާމް ފިޔަވާ ފަނޑިޔާރުންނަށް މިވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ދެކިވަޑައިނުގަންނަވާކަމަށެވެ.
މަހާޒު މިހެން ވިދާޅުވެފައިވާއިރު، އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު ކުއްލިގޮތަކަށް ރިޓަޔަރ ކުރެއްވުމަށް ހުށަހެޅުއްވުން އެއީ ބަންޑާރަނައިބުގެ ނުފޫޒުން ކުރައްވަން ޖެހިވަޑައިގެންނެވި ކަމެއްކަމަށް އެ ދާއިރާގެ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ވ ބޮޑަށް މަރުހަބާ. މި 8 މިނެޓްގެ ފޯނު ކޯލަކީ 10 ފެބްރުއަރީ 2025 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށާއި 25 އޮކްޓޯބަރ 2022 ގައި ހިނގާ އޮތް ހާދިސާއެއްގެ މައްސަލަ ވެސް ޖއސސން ނުބަލާނެ ކަމުގައި ވަކީލެއް https://t.co/xg71rypIxg pic.twitter.com/hwmESM8B7H
— Mahaz Ali (@mahazalii) July 21, 2025
އަދި 2022 ވަނަ އަހަރުގެ ވާހަކައެއް މިހާރު ދައްކަނީ ކީއްވެގެންކަން އެނގިވަޑައިގަންނަވާކަމަށް އެ ވަކީލު އަރިހު މަހާޒު ވިދާޅުވިކަމަށް ޕޯސްޓުގައި ވެއެވެ.
އެއަށްފަހު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އުޝާމް ފިޔަވާ ފަނޑިޔާރުންނަށް މިވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ދެކިވަޑައިނުގަންނަވާކަމަށެވެ.
މަހާޒު މިހެން ވިދާޅުވެފައިވާއިރު، އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު ކުއްލިގޮތަކަށް ރިޓަޔަރ ކުރެއްވުމަށް ހުށަހެޅުއްވުން އެއީ ބަންޑާރަނައިބުގެ ނުފޫޒުން ކުރައްވަން ޖެހިވަޑައިގެންނެވި ކަމެއްކަމަށް އެ ދާއިރާގެ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު