މަރްޔަމް ނަހްދާ ވަޙީދު   22 ޖުލައި 2025 - 12:41
ސޮރީގެ ކާސްޓުން-
ސޮރީގެ ކާސްޓުން-
ދިވެހި ފިލްމު ސޮރީގެ ވަދާއީ ޝޯތައް މިމަހު 26 ވާ ހޮނިހިރު ދުވަހާއި، 27 ވާ އާދީއްތަ ދުވަހުގެ އިތުރުން 28 ވާ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މި ޝޯތަކުގެ ޓިކެޓު މިހާރު އޮލިމްޕަހުގެ ހޮޓްލައިން ނަމްބަރު 7844422 އަށް ގުޅައިގެން ގަނެވޭނެއެވެ.



މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ "ނަހޫ" ގެ އެންމެ ފަހުގެ ޑައިރެކްޝަން އެވެ. މި ފިލްމަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ނަންވިދާ ތަރިން ހިމެނޭހެން ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ނަހޫ ބުނީ މި ހުކުރު އަދި ހޮނިހިރު ދުވަހު އަޅުވަން ހަމަޖެހިފައިވަނީ "ސޮރީ" ގެ އެންމެ ފަހު ހަފްތާ ބަންދު ޝޯ ކަމަށެވެ. މިއަށްފަހު ދެން އޮލިމްޕަހުގައި އަޅުވާނީ ފިލްމުގެ ވަދާއީ ޝޯއެވެ.

ފިލްމު އަޅުވަން އޮލިމްޕަސް ނެގި ތާރީހު ތިން ފަހަރަށް އިތުރު ކޮށްފައިވާއިރު، ފިލްމު އޮލިމްޕަސް އިން ނަގަން ނިންމީ ދެން އިތުރު ތާރީހެއް ނުލިބުމުން ކަމަށް ނަހޫ ވަނީ ބުނެފައެވެ.

"ސޮރީ" ގެ ޝޯތައް ލަންކާ އަދި ތައިލެންޑުގައިވެސް އަޅުވާފައިވާއިރު، ފިލްމު ބަލާލަން ދިޔަ އެންމެންވެސް ވަނީ މި ފިލްމަށް ވަރަށް ތައުރީފު ކޮށްފައެވެ. ނަހޫ މިފަހަރުވެސް ގެނެސްދީފައިވަނީ ހަމަ ވަރަށް އަސަރުގަދަ، ލޮލުން ކަރުނަ އޮއްސާލާފަދަ ފިލްމެއް ކަމަށް މި ފިލްމު ބަލަން ދިޔަ އެންމެންވެސް ގަބޫލުކުރެއެވެ.

ފިލްމުގެ ވަދާއީ ޝޯތައް އަންނަ ހަފްތާގައި އަޅުވަން ހަމަޖެހިފައި ވާއިރު، މިއީ ސްކްރީނުން "ސޮރީ" ބަލާލަން ލިބޭނެ އެންމެ ފަހު ފުރުސަތެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް