ސިޔާސީ ގޮތުން ހުންނަ އެއްވެސް ހިޔާލު ތަފާތުވުމަކީ ރައްޔިތުންނަށް ސަރުކާރުން ޚިދުމަތް ދިނުމުގައި ހުރަހަކަށް ވިޔަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނ. ކުޑަފަރީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުޑަފަރީގެ ތަރައްޤީއަށްޓަކައި ސަރުކާރުން ވަރަށް އިސްކަންދީގެން ސީދާ ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ސިޔާސީ ގޮތުން ހުންނަ އެއްވެސް ހިޔާލު ތަފާތުވުމަކީ ރައްޔިތުންނަށް ސަރުކާރުން ޚިދުމަތް ދިނުމުގައި ހިޔާލު ތަފާތުވެގެން ހުރަހަކަށް ވާ ކަހަލަ ކަމަކަށް ވިޔަ ނުދީ، ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއްވެސް ރަށެއްގައި އޮންނަ ކައުންސިލެއް ނޫނިއްޔާ އެހެން ބަޔަކު ވިޔަސް ހިޔާލު ތަފާތުވެގެން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ސަރުކާރަށް އެއްވެސް ކަމެއްގައި އެއްބާރުލުން ނުދިނުމަކީ ނޫނިއްޔާ ލަސްތައް ކުރިމަތި ކުރުމަކީ، ހުރަސް ކުރިމަތި ކުރުމަކީ ސަރުކާރުން މާ ބޮޑަށް ކަންބޮޑުވާ ކަމަކަށް ނުވާނެ ކަމަށެވެ. ސަރުކާރަށް މުހިންމީ ސީދާ ރައްޔިތުންނާ ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައިގެން ރައްޔިތުންނަށް ކަންކަން ކޮށްދިނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"އެހެންވެ މި އަންނަނީ ރައްޔިތުން ގާތަށް، ސީދާ ރައްޔިތުން ބޭނުންވާ ގޮތް އަޑުއަހަން. ސީދާ ރައްޔިތުންނާ ބައްދަލުކުރަންވެގެން. އަޅުގަނޑަށް މުހިންމީ ސީދާ ރައްޔިތުންނާ ބައްދަލުވުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މެދުވެރިންގެ ގޮތުގައި ބައެއް ފަހަރު ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ފަރާތްތަކުން އެކި ސަބަބުތަކާ ހެދި ސަރުކާރާއި ހިޔާލު ތަފާތުވާ ކަމަށެވެ. ނަމަވެސް އެ ބައެއްގެ ހިޔާލު ތަފާތުވުންތައް އެބަޔަކަށް ދޫކޮށްލައްވާފައި، ރައްޔިތުންނާއެކީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށާއި، އެއީ އެމަނިކުފާނުގެ ސިޔާސަތު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިގޮތުން ކުޑަފަރީގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ވެސް މި ދެންނެވި ގޮތަށް ބައްޓަންކޮށްގެން، ރަށުގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއްގައި ވެސް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ވަނީ ކުޑަފަރީގެ ރައްޔިތުންނަށް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު