ގެއްލިގެން ހޯދަމުން އަންނަ ގ. ގާރނެޓް ހަސަން ޔާމީން ބްރިޖުން ފުންމާލާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީން ދިރިއުޅޭ ގެއިން މިދިޔަ ހުކުރު ދުވަހުގެ ރޭ 9:30 ވަނިކޮށް ނުކުމެގެން ދިޔަ ގޮތަށް އާއިލާ އަށް ޚަބަރެއް ނުވެ، އޭނާ ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ޔާމިންގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ޖުލައި 14 ވަނަ ދުވަހުއެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔާމީން ހޯދުމަށް ކުރަމުންދާ، ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖް ދިރާސާ ކުރެވިފައިވާ ކަމަށެވެ. މިގޮތުން ޖުލައި 13 ވަނަ ދުވަހުގެ ފަތިހު 3:24 އެހައިކަންހާއިރު އޭނާ ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެނިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން މި މައުލޫމާތު އާއިލާއަށް ހިއްސާކޮށް، އާއިލާއާ ވަރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އަަދި މި މައްސަލަައިގެ ތަހުގީގަށް ލިބުނު އެ މައުލޫމާތާއި ގުޅިގެން، މެރިން ޕޮލިހާއި އެމްއެންޑީއެފްގެ ކޯސްޓްގާޑު ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
ފުލުހުން މީގެ ކުރިން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖުތައް ބަލައި ދިރާސާކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި އާއިލާގެ އެއްބާރުލުމާ އެކު، ޔާމީން ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކޮށްފައިވެ އެވެ.
ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް އޭނާގެ އެޕާޓްމަންޓުން ފެނިފައި ނުވާ ކަމަށާއި އެތަނަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މީގެ ކުރިން ބުނީ ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ވެސް ކަމާ ގުޅުން ހުރި އިދާރާތަކުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު