ރާއްޖޭގެ ސިޔާސީ މަސްރަޙު ވިހަކުރަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެެވެ.
ނ. ހޮޅުދޫ ރައްޔިތުންނާއި ރޭ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމު ތަރައްޤީކުރުމަށްޓަކައި އެއް ވިސްނުމަކަށް އައިސް، ޤައުމުގައި ހަމަޖެހުން އޮންނަންޖެހޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި، ޚާއްސަކޮށް 2040 ވަނަ އަހަރު ނުވަތަ ވިއްސަކަށް އަހަރު ފަހުން، ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފަޚުރުވެރިކަމާއެކު ބުނެވޭ ފެންވަރަށް ތަރައްޤީކުރުމުގެ އަމާޒުގައި ކަމަށެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި، މިއީ އެންމެން މުހިންމު ނިންމުންތަކެއް ނިންމައިގެން އެއް ވިސްނުމަކަށް އައިސްގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގައި މިފަދަ މުހިންމު މަޝްރޫޢުތައް ހިންގައި، މުޅި ރާއްޖޭގެ ރައްޔިތުންވެސް އެއް ވިސްނުމެއްގައި، މުސްތަޤްބަލަށްޓަކައި އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދިޔުމަކީ ހާސިލުވާން ހުރި ކަންކަން ހާސިލުކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ޤައުމުގައި ހަމަޖެހުން އޮތުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު، އަލިއަޅުއްވާލެއްވިއެވެ.
ސިޔާސީ ހަމަޖެހުމުގެ މައްޗަށް ބައްލަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު އެއްވެސް ދިވެހި ރައްޔިތަކަށް މި ޤައުމުގައި ސިޔާސީ ބަދަލުހިފުމެއްގެ ރޫޙެއް އޮތް ކަމަކަށް ނުބުނެވޭނެ ކަމަށެވެ.
"މިދިޔަ ދޮޅު އަހަރެއްހައި ދުވަސް ދިޔައިރުގައި ކޮންމެ ސިޔާސީ ފިކުރެއްގައި ހުރި ބޭފުޅަކަށް ވެސް އެއްބަސްވެވޭނެ ޙަޤީޤަތެއް މިއީ، މި ޤައުމުގައި މި ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މީހަކާ ތެރޭގައި ފިޔަވަޅެއް ނާޅާކަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, ކުރީގެ ކޮންމެ ޒަމާނެއްގައިވެސް އެންމެ ފުރަތަމަ ކުރާ ކަމަކަށް ވެފައިވަނީ ސަރުކާރަކާ އިދިކޮޅު ސިޔާސީ މީހުންނަށް އެކިކަހަލަ އަދަބުތައް ދީ ޖަލަށްލައި ކަންތައްތައް ކުރުން ކަމަށާއި، އަބަދުވެސް ވިހަ ސިޔާސީ އޮއިވަރެއްގައި ޤައުމު ޖައްސާފައި އޮތީ އެހެން ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އެ ފުރުސަތު ނުދޭނެ ކަމަށާއި، އެހެންކަމުން ވިހައެއް ނުކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތަކީވެސް އެމަނިކުފާނަށް މުހިންމު ރައްޔިތެއް ކަމަށާއި، ކޮންމެ ސިޔާސީ ފިކުރެއްގައި ހުއްޓަސް، އެބޭފުޅަކު ވިދާޅުވާ ބަހެއް، ކުރައްވާ ކަމަކަށް އަދި ވިސްނަވާ ގޮތް މިސަރުކާރަށް މުހިންމު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން އެންމެންގެ ވިސްނުމަކަށް ވާންވީ މި ހަމަޖެހުން މި ޤައުމުގައި ބަހައްޓައިގެން، މިސްރާބު އެއްދިމާލެއްގައި ބަހައްޓައިގެން، ވަށާޖެހޭ ޙަޤީޤީ މާނައިގެ ތަރައްޤީ މި ޤައުމަށް ގެނައުމަށް ކުރިއަށް ދިޔުން ކަމަށެވެ. އިރާދަކުރެއްވިއްޔާ އެކަން ހާސިލުކުރެވޭނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ހޮޅުދޫގައި ވެސް އަދި ކޮންމެ ރަށެއްގައި ވެސް، މިދިޔަ ދުވަސްތަކަށް ވުރެ ބާރު ސްޕީޑުގައި ޢަމަލީ އެތައް މަސައްކަތްތަކެއް ހިނގަމުންދާނެ ތަން ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއިން ކޮންމެ ދަށް ރަށެއްގައި އަޅުގަނޑުމެން މި ދަނީ މަސައްކަތްތައް ފަށަމުން. ނިމޭ މަސައްކަތްތައް ފާހަގަވެސް ކުރަމުން. ޖުލައި މަހަށްވުރެ ގިނަ މަސައްކަތް އޮގަސްޓު މަހަށް ފެށޭނެ. އަދި އެ މަހަށް ވުރެ ގިނަ މަސައްކަތް ސެޕްޓެންބަރުގައި ފެށޭނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ތަރައްޤީގެ ހުރިހާ ކަމެއް ޕްލޭންކޮށް، ކަންކުރާނެ ގޮތް ރާވާ، ނިމިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އެއްބާރުލުމާއެކު އެކަންކަން ކުރިއަށްދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު