އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރަށްވާ ދަތުރުފުޅަކީ އިންޑިއާއިން ދިވެހި ރައްޔިތުންނަށްދޭ އިޙްތިރާމުގެ ބޮޑުކަން ދައްކުވައިދޭ ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިޙް މިހެން ވިދާޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މާދަމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހުމާއި ގުޅިގެން އެމަނިކުފާނުގެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައެވެ.
ނޫސްބަޔާނުގައި، ކުރީގެ ރައީސް ޞާލިޙް ވަނީ ބޮޑުވަޒީރު މޯދީއަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، މި ދަތުރުފުޅު އުފާވެރި ގޮތެއްގައި ފާހަގަކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރު ފާހަގަކުރުމުގެ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބޮޑުވަޒީރު މޯދީ ބައިވެރިވެ ވަޑައިގަތުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައީސް ޞާލިޙް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ދެމިގެންވާ އަދި ގިނަ ދާއިރާތަކަކުން ގުޅިފައިވާ ގުޅުމުގެ ހެއްކެއް ކަމަށެވެ. މިފަދަ މަތީ ފެންވަރެއްގެ ދަތުރުފުޅެއް މި ޚާއްޞަ ގޮންޖެހުންތަކެއް ހުރި ދުވަސްވަރެއްގައި ކުރިއަށް ގެންދެވުމަކީ އިންޑިއާއިން ދިވެހި ރައްޔިތުންނަށް ދެއްވާ އިޙްތިރާމުގެ ބޮޑުކަން ދައްކުވައިދޭ ކަމެއް ކަމުގައި ވެސް ޞާލިޙްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި މިއީ، ސިޔާސީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރެއިންވެސް، ދިވެހިރާއްޖެއަށް އިންޑިއާއަކީ އިތުބާރުހުރި އަދި ތަޖުރިބާކޮށްފައިވާ ރަޙްމަތްތެރިއެއްކަން އަލުން ކަށަވަރުކޮށްދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅު ވަރަށް ބޮޑު ކާމިޔާބީއަކަށްވެ، ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމާމެދު އަޅުގަނޑަށް ޔަޤީންކަން އެބައޮތެވެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ އޮފީހުން ނެރުނު ނޫސްބަޔާން ނިންމަވާލައްވަމުން، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެ، ދެމިގެންދިއުން އެދޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު