ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ލޯބީގެ މައްޗަށް ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެން، ޕްރޮފެސަރ ޙަސަން އުގައިލް، ނުސީދާ ރައްދެއް ރައީސަށް ދެއްވައިފިއެވެ.
ޕްރޮފެސަރު އުގައިލް މިރައްދު ދެއްވީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޕްރޮފެސަރު އުގައިލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޤައުމުދެކެ ހަގީގީ ލޯބިވާ އެއްވެސް މީހަކު ނުވަތަ ބަޔަކު ސިޔާސީގޮތުން ވިއަސް ނުވަތަ އެެހެން ގޮތަކުން ވިއަސް ކުރި ހޯދުމަށް އާންމު ފަރުދުން ކުރިމަތީގައި ދޮގުހެދުމާއި އޮޅުވާލުން އިސްނުކުރާނެ ކަމަށެވެ. އަދި އެފަދަ މީހުންނަކީ ޤައުމަށްވުރެ ތިމާމެންގެ އަމިއްލަ އެދުން މުހިންމުކަމަށް ދެކޭ މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޕޯސްޓު ޕްރޮފެސަރު އުގައިލް ކުރައްވާފައިވަނީ، ޤައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫންކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވާ ޚަބަރެއް އެކްސްގައި ހިއްސާކުރެއްވުމަށްފަހުގައެވެ.
ރައީސް މުޢިއްޒު އެފަދައިން ވާހަކަފުޅު ދެއްކެވީ ނ. އަތޮޅު ވެލިދޫ ރައްޔިތުންނާއި ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ ޒާތީ، އަމިއްލަ ކަންކަމަށްވުރެ ޤައުމު އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭކަމަށެވެ. އަދި އަޅުގަނޑުމެންގެ ދަރިންނަށް ދިވެހި ޤައުމު ރައްކާތެރިކަމާއެކު ފޯރުކޮށްދެވެން އޮތީ، އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކޮށް، ޤައުމީ ލޯތްބާއި އިހުސާސް އަށަގެންނެވުނު މިންވަރަކުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޤައުމިއްޔަތު އިސްކޮށްގެން މެނުވީ ޙަޤީޤީ ތަރައްޤީ ނާންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ދައްކަވާ ވާހަކަފުޅު ތަކުގައި އެމަނިކުފާނު އިތުރުފުޅު ހައްދަވާ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނެއެވެ. އެހެން ނަމަވެސް ރައީސް އެކަމަށް އިންކާރު ކުރަށްވައެވެ.

ކިޔުންތެރިންގެ ހިޔާލު