ރާއްޖެ ވަޑައިގަތުމުން މަރްހަބާ ދަންނަވަން ރައީސް މުއިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މޯދީ ވަނީ މަތިންދާބޯޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒުއާއި ބައްދާލައްވައި ސަލާމް ކުރަށްވާފައެވެ. ދިވެހި ބަހުން މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރައްވާ ކަމަށެވެ.
"މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން. އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަޤީން." އެކްސްގައި ދިވެހި ބަހުން ކުރެއްވި ޕޯސްޓެެއްގައި މޯދީ ވިދާޅުވިއެވެ.
މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަން ވެސް ފާހަގަކުރެވެއެވެ.
މޯދީ ވަޑައިގަންނަވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރައީސް މުއިއްޒާއި މޯދީގެ ފޮޓޯފުޅާއި ދިދަ ޖަހައި ޒީނަތްތެރިކޮށްފައިވާއިރު މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވެސް ވަނީ މޯދީގެ ފޮޓޯފުޅާއި އެ ގައުމުގެ ދިދަ އާއި ގިޑިގެ ހަދައި ޒީނަތްތެރި ކޮށްފަ އެވެ. މޯދީ އަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް މިއަދު މާލޭގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު