ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ދިވެހިރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ސަރުކާރުން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެެވެ. އެއަށް ފަހު، މެންދުރު ފަހު ވަނީ ރަސްމީ ފާލަން ސަރަހައްދުގައި މޯދީ އަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރަސްމީ މަރުޙަބާ ދެންނެވުމުގެ ގޮތުން، ސްކޫލު ދަރިވަރުންގެ ޚާއްޞަ ހަރަކާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި، ބޮޑުވަޒީރު މޯދީގެ ޝަރަފުގައި ހަތް ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ބޮޑުވަޒީރު މޯދީ ޑަޔަސް އަށް އަރާވަޑައިގަތުމާއެކު، ދިވެހިރާއްޖެ އަދި އިންޑިއާގެ ޤައުމީ ސަލާމް ކުޅުނެެވެ. އޭގެ ފަހުން، ބޮޑުވަޒީރު މޯދީގެ ޝަރަފުގައި އިންތިޒާމުކުރެވިފައިވާ ގާޑް އޮފް އޮނަރ އެމަނިކުފާނު އިންސްޕެކްޓް ކުރެއްވިއެވެ.
ރަސްމީ މަރުހަބާ ދެންނެވުމުން މޯދީ ރައީސް އޮފީހަށް ވަޑައިގެންނެވީ ހަތްކޮޅުގައެވެ. އެއަށް ފަހު، ރައީސް އޮފީހަށް ވަޑައިގެން އިއްޒަތްތެރިން ސޮއިކުރަށްވާ ފޮތުގައި މޯދީ ސޮއިކުރެއްވިއެވެ.
މޯދީގެ މިދަތުރުފުޅުގައި ދެ ގައުމުގެ މުހިންމު މަޝްވަރާތައް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. މިއީ އެމަނިކުފާނު ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަން ފާހަގަކުރެވެއެެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާތުގައި ބާއްވާ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު