ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރި 4000 ޔުނިޓު ނިންމައި "ރަމްޒީ ތަޅުދަނޑި" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލުކުރައްވައިފި އެވެ.
މި މަޝްރޫއު ނިންމައި ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލު ކުރެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް މިހާރު ކުރަށްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާއެކު ތަރައްޤީކުރި 4000 ހައުސިންގ ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު ކުރީގެ ރައީސް ސާލިޙްގެ ވެރިކަމުގައެވެ. މި މަޝްރޫޢުގެ އިމާރާތްކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި މި ވަގުތު ދަނީ ފްލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުޙަލާ އެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1200 ޔުނިޓާއި ތިން ކޮޓަރީގެ 2800 ޔުނިޓެވެ.
ސަރުކާރުން ބުނީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފްލެޓުތައް ޙަވާލުކުރުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު