އިންޑިއާއާއެކު މިއަދު ގަތާލި ގުޅުން މުގުރާލާނެ ރާޅެއް ދެން ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޝަރަފުގައި މިރޭ ބޭއްވެވި ފުރަމަނާ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ އެތައް ގަރުނެއްވީ ބަދަހި ގުޅުމެއް ކަމަށާއި، އެއްވެސް ބަޔަކަށް އެ ގުޅުމަށް ހީނަރުކަން ނުގެނެވޭނެކަމަށެވެ.
"އެއް ކަނޑަކުން މިއަދު އަހަރުމެންގެ ގުޅުން މި ގަތާލީ އެއްވެސް ރާޅަކުން މުގުރާ ނުލެވޭ ވަރަށް،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ މިއަހަރަށް 60 އަހަރު ވީނަމަވެސް، އޭގެ މާކުރީއްސުރެ ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުންތައް ޤާއިމްވެފައިވާކަން ފާހަގަކުރަށްވާފައެވެ. އަދި އެކަމަށް ތާރީހުން ހެކިދޭކަމަށާއި އެގޮތުން މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން ވިޔަފާރިއާއި، ސަޤާފީ އެހެނިހެން ކަންކަމުގެ ތެރެއިން އިންޑިޔާއެކު ބަދަހި ގުޅުމެއް އުފެދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދެ ޤައުމު ދެމެދުގައި އޮތް ގުޅުމަށް ހީނަރުކަން ގެނެވޭނެ އެއްވެސް ބަޔަކު ނެތްކަމަށެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި އަބަދުވެސް މުހިންމު ބައިވެރިއެއްކަމަށާއި، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއާއި، ސިއްޙީ ދާއިރާއާއި ވިޔަފާރި އަދި ތަޢުލީމީ ދާއިރާގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުން އެ ގުޅުން ބަދަހިވަމުން އަންނަކަމަށެވެ. އަދި ދިވެހި ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނި، އެންމެން ޝާމިލްވާ އަދި ޒުވާނުން ބާރުވެރިކުރުވާ އިޤްތިޞާދެއް ބިނާކުރުންކަމަށްވާއިރު، އެކަމުގައި އިންޑިއާއަކީ މުހިއްމު ދައުރެއް އަދާކުރެވޭނެ ޤައުމެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެހީއަށް ބޭނުންވާ ކޮންމެ ވަގުތަކު ވެދެއްވާ އެހީތެރިކަން ވެސް ބަލައިގަންނަ ކަމަށެވެ. އިންޑިއާއަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ އިތުބާރު ކުރެވޭ ގައުމުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ދެ ގައުމުގެ ގުޅުން، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ފެށިގެން ވިޔަފާރި އަދި ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާއިން ވެސް ވަރަށް ބަދަހި ކަން ފާހަގަކުރަށްވާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރަށްވާ ދަތުރުފުޅުގައި މިއަދު ދެގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވެވިއެވެ. އެމަޝްވަރާތަކަށް ފަހު އަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެތެރޭގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި 565 މިލިއަން ޑޮލަރުގެ އެލްއޯސީގެ އެއްބަސްވުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު