ރާއްޖެ އާއި އިންޑިޔާ އެކު އޮތް ގާތްގުޅުން ދިވެހި ބަހުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ހާމަކޮށްދެއްވައިފިއެވެ.
މިހާރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި، ކުރުނބާ މޯލްޑިވްސްގައި އެމަނިކުފާނުގެ ޝަރަފުގައި މިރޭ ޚާއްސަ ޖާފަތެއް ވަަނީ ބާއްވާފައެވެ. މި ޖާފަތުގައި ބޮޑުވަޒީރު މޯދީ ވަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ ގާތްކަން ދިވެހި ބަހުން ފާޅުކުރައްވާފައެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީ "ޑިޕްލޮމެސީއަށްވުރެ ބޮޑަށް ގާތް ގުޅުމެއްގެ ގޮތުގައި ފާހަގަކުރެވޭ" ކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އެންމެ ގާތް ގުޅުން އޮތް ޤައުމު ކަމަށް މޯދީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިންޑިއާ ސަރުކާރުން ގެންގުޅޭ "ނެއިބަރހުޑް ފަރސްޓް" ސިޔާސަތާއި "މަހާސާގަރު" ތަސައްވުރުގައިވެސް ދިވެހިރާއްޖެއަކީ މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަން ބޮޑުވަޒީރު މޯދީ ވަނީ ފާހަަގަކުރަށްވާފައެވެ.
މީގެ އިތުރުން ރާއްޖެއަށް އެހީތެރިކަން ދިނުމަށްޓަކައި އިންޑިއާއިން އަބަދު ވެސް ތައްޔާރަށް އޮތް ކަން ހާމަކުރަށްވައި މޯދީ އިންޑިއާގެ ޕޮލިސީއަކީ "ފުރަތަމަ ރަހުމަތްތެރިކަން" ކަން ކަމަށެވެ.ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ޒަމާންވީ އެކުވެރި ގުޅުމެއް ކަމަށާއި އަދި އުނދަގޫ ދަތި ވަގުތުތަކުގައި ދެގައުމުންވެސް އެކީގައި މަސައްކަތް ކުރާ ކަމަށް މޯދީ ވަނީ ފާހަގަކުރަށްވާފައެވެ. މޯދީ އިތުރަށް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ އިންވެސްޓްމެންޓްތައް އިތުރުކުރުމަށްޓަކައި އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެގޮތުން ލޯކަލް ކަރަންސީ ސެޓްލިން ސިސްޓަމްގެ ސަބަބުން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީސްއިން ވިޔަފާރިކުރުމަށް މަގުފަހިވާނެ ކަމަށާއި، އިންޑިއާގެ ޔޫނިއަން ޕޭމަންޓް ސިސްޓަމްގެ ސަބަބުން އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން އިތުރުވެ، ދެ ގައުމުގެ ރީޓެއިލް ސިނާއަތަށް ފައިދާވާނެ ކަން މޯދީ ވަނީ ފާހަގަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު