ސްރީލަންކާ ސަރުކާރުން ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދޫކުރުމަށް ނިންމައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ނިންމުން ތަންފީޒު ކުރަން ފަށާނީ އަންނަ އޮގަސްޓް މަހުން ފެށިގެންނެވެ. މިހާރު ދިވެހިންނަށް ލަންކާއަށް ދަތުރުކުރުމަށް ދެމުން އަންނަނީ އޮންއެރައިވަލް 30 ދުވަހުގެ ވިސާ އެވެ. އަދި ފީއެއް ދެއްކުމުން އެ މުއްދަތު ހަ މަސް ދުވަހަށް އިތުރު ކޮށްދެއެވެ.
ނަމަވެސް މި އައު ބަދަލާއެކު ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ލަންކާއިން ދޫކުރާނެއެވެ. އަދި މި ބަދަލު ގެންނަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށް ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތު ހެރަތު ވަނީ ވިދާޅުވެފައެވެ.
މި ނިންމުން ރަސްމީކޮށް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މި މަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ކަމަށް އެޤައުމުގެ މީޑީއާތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.
ސްރީލަންކާގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން، އެ ގައުމުން ވަނީ 40 ގައުމަކަށް ދޫކުރާ ވިސާއިން ފީ ނެގުންވެސް މިހާރު ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު