މާލެ ވަށައިގެން ލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢަށް ޖަޕާނުން 10.5 މިލިޔަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިކަމާއި ގުޅޭ “އެކްސްޗޭންޖް އޮފް ނޯޓްސް”ގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އިކުއިނޯ އަކިކޯއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވީ، މާލޭގެ ވަށައިގެން ލާފައިވާ ތޮށްޓަކީ ހަމައެކަނި ރައްކާތެރިކަމުގެ ބިނާއެއް ނޫން ކަމަށާއި، އެއީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއް ކަމަށެވެ. އަދި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވެރިރަށް މާލެއަށް ލިބުނު ރައްކާތެރިކަމަކީ މި ތޮށީގެ ސަބަބުން ލިބިގެންދިޔަ ރައްކާތެރިކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މާލެ ވަށައިގެން ތޮށި ލުމުގެ މަޝްރޫޢަކީ 1987 ވަނަ އަހަރު މާލެއަށް ބޮޑު ރާޅު އެރުމުގެ ކާރިސާއަށްފަހު، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޑިޒައިން މަސައްކަތާއި ޢަމަލީ މަސައްކަތް ކުރެވިފައިވަނީ 1993 އިން 2002 އާ ދެމެދުގައެވެ.

ކިޔުންތެރިންގެ ހިޔާލު