ޖަޕާނުގެ އިރުމަތީ ސަރަޙައްދުތަކަށް ކުރަމުންދާ އާދަޔާޚިލާފު ބޯވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް އަށް މީހުން މަރުވެއްޖެއެވެ.
ކަމާބެހޭ ފަރާތްތަކުން "ތާރީޚީ" ވާރޭގެ ގޮތުގައި ސިފަކުރާ މި ވިއްސާރައިގެ ސަބަބުން ޓޯކިޔޯގެ ނަރީޓާ އެއާޕޯޓުގައި އެތައް ހާސް ބަޔަކު ތާށިވެފައިވާއިރު، ޗިބާ ޕްރިފެކްޗަރގެ 20،000 އަށްވުރެ ގިނަ ގޭބިސީން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި، ފެންބޮޑުވެފައިވާ މަގެއްގައި ދުއްވާފައި ދަނިކޮށް ކާރު އަޑިއަށް ގޮސްގެން މަރުވި އަންހެނަކާއި، މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ދެ މީހަކު ހިމެނެއެވެ. ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނީ، މި ވިއްސާރައަކީ އެ ސަރަޙައްދުގެ ޖައްވުގެ މަތީގައި އުފެދިފައިވާ ފިނި ވައިގެ ފަށަލައެއްގެ ތެރެއަށް، ތެތްކަން އެކުލެވޭ ހޫނު ވައި ވަނުމުގެ ސަބަބުން އުފެދުނު މޫސުމީ ނުތަނަވަސްކަމެއްގެ ސަބަބުން ކުރި ވިއްސާރައެއް ކަމަށެވެ.
ބޯކޮށް ވާރޭވެހުމާ ގުޅިގެން ބުރާސްފަތި ދުވަހު ނެރުނު އެންމެ މަތީ ދަރަޖައިގެ (ލެވެލް 5) އިންޒާރު ހުކުރު ދުވަހު ލެވެލް 4 އަށް ދަށްކޮށްފައިވީ ނަމަވެސް، ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށް އިދާރާތަކުން ބުނެއެވެ. ޗިބާގެ ގަވަރުނަރު ތޮޝިހިތޯ ކުމަގާއީ ވިދާޅުވީ، މިއީ އޭނާގެ ހަޔާތުގައިވެސް ދެކެވަޑައިގަތް އެންމެ ނުރައްކާތެރި ކާރިސާ ކަމަށެވެ. ޗިބާގެ ބައެއް ސަރަޙައްދުތަކަށް ގަޑިއަކު 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވާއިރު، މިއީ އޯގަސްޓް މަހުގެ އެވްރެޖް މިންވަރަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ.
މި ވިއްސާރައިގެ ސަބަބުން ރޭލު ދަތުރުތަކާއި ބައެއް މައި ހައިވޭތައް ބަންދުކުރަން ޖެހުނެވެ. އަދި 100،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގާފައިވާއިރު، ޗިބާގެ ސަރުކާރު އިދާރާގެ އިމާރާތުގައި 1,800 އެއްހާ މީހުން ރޭގަނޑު ހޭދަކޮށްފައިވެއެވެ. ނަރީޓާ އެއާޕޯޓުގެ ދަތުރުތައް ހުކުރު ދުވަހު އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، ބައެއް ފްލައިޓްތައް ލަސްވެދާނެ ކަމަށް ޖަޕާން އެއާލައިންސުން ބުނެއެވެ.
މި ސަރަޙައްދުގެ މޫސުމީ ހާލަތަށް ބަލާއިރު، ފިލިޕީންސްގައިވެސް ފެންބޮޑުވުމުގެ ބިރު އޮތުމުން ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މި ހަފުތާގައި ޖަޕާނާއި، ފިލިޕީންސް އަދި ޗައިނާއަށް ވަނީ 'ޑޮލްފިން'، 'ޗޭން-ހޮމް' އަދި 'ޕެއިލޯ' ފަދަ ބާރުގަދަ ތޫފާންތަކުގެ އަސަރު ކޮށްފައެވެ. މީގެ ތެރެއިން 'ޑޮލްފިން' ތޫފާނާ ގުޅިގެން ޗައިނާގެ އިރުމަތިން މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު