ބޮލީވުޑްގެ މަޝްހޫރު ތަރިން ސައިފް އަލީ ޚާން އާއި އަކްޝޭ ކުމާރު އަހަރުތަކަކަށްފަހު އެކީގައި ކުޅޭ ފިލްމު "ހައިވާން" ގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މީޑިއާތަކުން ބުނީ ޕްރިޔާދަރްޝަން ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ރަސްމީކޮށް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ގައި ކަމަށެވެ.
'ހައިވާން' އަކީ ޕްރިޔާދަރްޝަން 2016 ގައި މަޝްހޫރު މަލަޔާލަމް އެކްޓަރު މޯހަންލާލުއާ އެކު ގެނެސްދިން އެކްޝަން ތުރިލާ 'އޮއްޕަމް' ގެ ރިމޭކެކެވެ. މި ފިލްމުގައި ސައިފް ކުޅޭނީ 'އޮއްޕަމް' ގައި މޯހަންލާލް ކުޅުނު ލޯފަން މީހެއްގެ ކެރެކްޓަރެވެ.
މިއީ ޕްރިޔާދަރްޝަންއާއެކު ސައިފް މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް އަކްޝޭ ވަނީ މީގެ ކުރިންވެސް އެކި ފަަހަރުމަތިން ޕްރިޔާދަރްޝަން އާއެކު މަސައްކަތް ކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ އަންނަ އަހަރުގެ އެޕްރިީލްގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް ހޮރޯ-ކޮމެޑީ 'ބޫތު ބަންގްލާ' އެވެ.
ސައިފް އާއި އަކްޝޭ އެންމެ ފަހުން އެކުގައި ފެނިފައިވަނީ 2008 ގައި ނެރުނު 'ތަޝަން' އިންނެވެ.

ކިޔުންތެރިންގެ ހިޔާލު