ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ޑިއޯލްގެ ކުރިއަށް އޮތް އެކްޝަން ތުރިލާ ފިލްމުގެ ޝޫޓިން މިއަހަރު ޑިސެމްބަރުގައި ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓްސް އިން އުފައްދާ ފިލްމެކެވެ. މިއީ އެކްސަލް އެންޓަޣެއިންމެންޓްސްގެ ފިލްމެއްގައި ސަނީ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ޕިންކްވިލާ އިން ބުނީ މިއީ ސަނީގެ ސިގްނޭޗާ ސްޓައިލްގައި ގެނެސްދޭން ހަމަޖެހިފައިވާ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ކަމަށާއި މީގެ ޑައިރެކްޓަރަކީ ވަރަށް ކާމިޔާބު ގިނަ ތަމަޅަ ފިލްމުތަކެއްގައި އެސިސްޓަންޓް ޑައިރެކްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ބާލާޖީ ކަމަށެވެ.
ސަނީ މިހާރު މަސައްކަތް ކުރަމުންދަނީ "ބޯޑާ 2" ގައެވެ. އޭނާގެ ކުރިއަށްހުރި އެހެން ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނެނީ މިހާރު ޝޫޓިން ނިންމާފައި އޮތް "ލާހޯރް، 1947" އާއި "ރާމާޔަން" ގެ ދެ ބަޔާއި، ސިދާތު ޕީ މަލްއުތުރާ ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ އެކްޝަން ތުރިލާއެއްގެ އިތުރުން މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި "ޖާޓް" ގެ ސީކުއެލް އެވެ.

ކިޔުންތެރިންގެ ހިޔާލު