ޓައިގާ ޝްރޮފް
ޓައިގާ ޝްރޮފް
ބޮލީވުޑްގެ މަޝްހޫރު ތަރި ޓައިގާ ޝްރޮފްގެ އާ އެކްޝަން ފިލްމުގެ މަސައްކަތް އަންނަ އޮކްޓޯބަރުގައި ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޕިންކްވިލާ އިން ބުނީ މިއީ މުރާދު ކެތާނީ ޕްރޮޑިއުސްކޮށް، ސަޗިން ރަވީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. ސަޗިން އަކީ 2019 ގައި ނެރުނު 'އަވާނީ ސްރީމަންނަރާޔަނާ' ގެނެސްދިން ޑައިރެކްޓަރެވެ.

ޓައިގާއާ އެކު ސަޖިން ހަދަން ތައްޔާރުވަމުން އަންނަ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޝާހްރުކް ޚާންގެ 2023 ގެ 'ޖަވާން' ގެ ސްކްރީން ރައިޓަރު ސުމިތު އަރޯރާ އެވެ.

މި ފިލްމު ނެރުމަށް ހަަމަޖެހިފައި ވަނީ އަންނަ އަހަރުއެވެ.

ޓައިގާ ދެން އެންމެ އަވަހަށް ފެނިގެންދާނީ 'ބާގީ' ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމުންމެވެ. އެ ފިލްމު ނެރޭނީ ސެޕްޓެމްބަރު 5 ގައެވެ.



ކިޔުންތެރިންގެ ހިޔާލު