މަރްޔަމް ނަހްދާ ވަޙީދު   3 އޯގަސްޓު 2025 - 9:3
ބިގް ބޮސްގެ ހޯސްޓު ސަލްމާން ޚާން
ބިގް ބޮސްގެ ހޯސްޓު ސަލްމާން ޚާން
ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން ހޯސްޓް ކުރަމުން އަންނަ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ، "ބިގް ބޮސް" ގެ 19 ވަނަ ސީޒަން ފަށާ ތާރީހު އިއުލާންކޮށްފިއެވެ.

ކަލާސް ޓީވީގެ މި ޝޯ ޕްރީމިއާ ކުރަން ނިންމާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގައެވެ.

މި ޝޯ ޕްރިމިއާ ކުރާ ދުވަސް އާންމު ކުރިނަމަވެސް އާ ސީޒަނުން ފެންނާނީ ކޮންކޮން ސެލެބްރިޓީންނެއް ކަމެއް އަދި ނޭނގެއެވެ. ނަމަވެސް ގާތްގަނޑަކަށް 18 ވަރަކަށް ބައިވެރިން، ޝޯ އިން ފެންނާނެ ކަމަށް ބެލެވެއެވެ.

ދެހާސް ހަޔަކުން ފެށިގެން ގެނެސްދެމުން އަންނަ "ބިގް ބޮސް" އަކީ އިންޑިއާގެ ސެލެބްރިޓިންނާ އެކު ގެނެސްދޭ ޝޯއެކެވެ. އެގޮތުން ސެލެބްރިޓީން އެއް ގެއެއްގައި ގާތްގަނޑަކަށް ހަތަރު ވަރަކަށް މަހަށް ގެންގުޅުމުން އެ މީހުންގެ އަސްލު ސޫރަ ޝޯގެ ތެރެއިން ފެނިގެންދެ އެވެ.

ސަލްމާން މި ޝޯ ހޯސްޓްކުރަމުން އަންނަނީ ހަތަރު ވަނަ ސީޒަނުން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު