މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި، މަހާއި މަހުގެ އުފެއްދުންތަކުން ދަޢުލަތަށް 74 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ޖޫން މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މަސް އެކްސްޕޯޓް ކޮށްގެން ދަޢުލަތަށް ލިބުނު އާމްދަނީ ވަނީ 43 އިންސައްތަ އިތުރުވެފައެވެ.
ރާއްޖެއިން އެކްސްޕޯޓް ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހާއި މަހުގެ އުފެއްދުންތަކެވެ. އެގޮތުން ވޭތުވެދިޔަ 6 މަސްތެރޭގައި ރާއްޖެއިން ވަނީ 44877.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައެވެ. އަދި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މަހާއި މަހުގެ އުފެއްދުންތަކުން 74 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ. އެ ގޮތުން ޖޫން މަހުގެ ނިޔަލަށް 36،148 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރީ 17،254 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިޔަލަށް ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި ބޭރުކުރީ 4،496 މެޓްރިކް ޓަނުގެ މަހެވެ. އަދި މަސްދަޅާއި ޕޯޗްޑްގެ ގޮތުގައި ބޭރުކުރީ 3،056 މެޓްރިކް ޓަނުގެ މަހެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މިމުއްދަތުގައި ރާއްޖޭން އެކްސްޕޯޓު ކޮށްފައިވަނީ 26850.8 މެޓްރިކް ޓަނުގެ މަހެވެ.
މިދިޔަ އަހަރު ޖޫން މަހުގެ ނިޔަލަށް މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކޮށްގެން ލިބިފައިވަނީ 52 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއަހަރު މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ 43 އިންސައްތަ ވަނީ އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު