އަހަރުތަކަކަށްފަހު އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ (ޕޮޕް ސްޓާރ) އެކޯންގެ މިއުޒިކް ޝޯއެއް އިންޑިއާގައި ބާއްވަން ހަމަޖެހިއްޖެއެވެ.
އެންމެ ފަހުން އެކޯންގެ މިއުޒިކް ޝޯއެއް އިންްޑިއާގައި ބާއްވާފައިވަނީ މީގެ 13 އަހަރު ކުރިންނެވެ.
މި ކޮންސާޓުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު ނޮވެމްބަރު މަހުއެވެ. އެގޮތުން އިންޑިއާގެ ތިން ސިޓީއެއްގައި އޭނާ ޕަފޯމްކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
އެންމެ ފުރަތަމަ ޝޯ އޮންނާނީ ވެރިރަށް ނިއު ދިއްލީގައި ނޮވެމްބަރު މަހުގެ 9 ގަ އެވެ. ދެވަނަ ޝޯ އެ މަހުގެ 14 ގައި ބެންގަލޫރްގައި ބާއްވަން ތާވަލުކޮށްފައިވާ އިރު، ތިން ވަނަ ޝޯ ނޮވެމްބަރު 16 ގައި އޮންނާނީ މުމްބާއީގަ އެވެ.
ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ވެސް ކިޔާފައިވާ އެކޯން އިންޑިއާގެ ޝޯތައް އިންތިޒާމު ކުރަނީ ވައިޓް ފޮކްސް އާއި ޕާސެޕްޓް ލައިވް ގުޅިގެންނެވެ. އޭނާ ކިޔާފައިވާ ބޮލީވުޑް ލަވައަކީ ޝާހްރުކް ޚާންގެ 2011 ގެ ސުޕަހީރޯ ފިލްމު "ރާ.ވަން' ގައި ހިމެނޭ "'ޗައްމަކަ ޗައްލޯ" އެވެ.
މި ޝޯތަކުގެ ޓިކެޓުތައް ވިއްކާނީ އިންޑިއާގެ މަޝްހޫރު ކާނާ ޑެލިވަރީ ކުންފުނި ޒޮމާޓޯގެ ދަށުން ހިންގަމުން އަންނަ ޑިސްޓްރިޓޯއިންނެވެ.
ކޮންސާޓާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެކޯން ބުނީ 13 އަހަރު ފަހުން އަނެއްކާ ވެސް އިންޑިއާގައި ޕަފޯމްކުރަން ފުރުސަތު ފަހިވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު