ފަތުރުވެރިން،
ފަތުރުވެރިން،
އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،315،495 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،202،579 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 9.4 އިންސައްތައިގެ އިތުރުވުމެކެވެ.

މިމަހުގެ ފުރަތަމަ 3 ދުވަހުވެސް ރާއްޖެއަށް 20،627 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 5.7 އިންސައްތައިގެ އިތުރުވުމެކެވެ.

ވަކިވަކި ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް މިދިޔަ އަހަރާއި އަޅާބަލައިރު އިތުރުކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 194،159 ފަތުރުވެރިންނެވެ.

މީގެ އިތުރުން ރަޝިއާގެ 155،324 ފަތުރުވެރިންނާއި، އިނގިރޭސިވިލާތުގެ 122،530 ފަތުރުވެރިންނާއި، އިޓަލީވިލާތުގެ 93،819 ފަތުރުވެރިންނާއި، ޖަރުމަނުވިލާތުގެ 92،240 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން އައިސްފައިވާއިރު އަމާޒަށް ވާސިލްވުމަށް ދެން ބާކީ ބޭނުންވަނީ 1 މިލިޔަން ފަތުރުވެރިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް