"ކަނބުލޮ" ގެ ޕޯސްޓަރު
"ކަނބުލޮ" ގެ ޕޯސްޓަރު
މި މަހު ފަހު ދުވަހު އޮލިމްޕަހުގައި ޕްރީމިއާ ކުރަން ނިންމާފައިވާ ފިލްމު "ކަނބުލޮ" ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

މި ފިލްމަކީ ގިނަ ބައެއް މެދުގައި މަގުބޫލުވި "ކަމަނާ" ވެސް ގެނެސްދިން އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ޑައިރެކްޓަރު ހުސައިން މުނައްވަރު (ކިޑް) ގެ ކިޑް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

"ކަނބުލޮ" އަކީ 2009 ގެ ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއް ވަނަ ހޯދި ވާހަކަ "ޔުކްތާ" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގެ ސްކްރީންްޕްލޭ ލިޔުނީ "ކަމަނާ" ގެ ވެސް ސްކްރީން ރައިޓަރު މަހުދީ އަހުމަދެވެ. މި ފިލްމުގައި ކިޔައިދެނީ އާއިލާގެ ތެރެއިން ޖިންސީ ގޯނާގެ ޝިކާރަކައަށްވާ އަންހެނެއްގެ ވާހަކައެވެ.

ފިލްމުގެ ލީޑު ތަރިންގެ ތެރޭގައި ހިމެނެނީ މަރިިޔަމް އައްޒަ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދާއި އަހުމަދު އީސަ (އާނަންދު) އާއި ޝީލާ ނަޖީބާއި އަހުމަދު ނިމާލުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.

މިމަހު 31 ގައި މި ފިލްމު އޮލިމްޕަހުގައި ޕްރީމިއާކުރަން ނިންމާފައިވާއިރު، މި ފިލްމު އަތޮޅުތަކުގައި އެޅުވުމަށްވެސް ވަނީ ހުޅުވާލާފައެވެ. މިކަމަށް ޝައުގުވެރިވާ ރަށްތަކުން 7779621 އަށް ވައިބާ ކޮށްދިނުމަށް ފިލްމުގެ ޓީމުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް