މަރްޔަމް ނަހްދާ ވަޙީދު   6 އޯގަސްޓު 2025 - 8:12
120 ބަހާދޫރްގެ ޕޯސްޓަރު
120 ބަހާދޫރްގެ ޕޯސްޓަރު
ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ފަރުހާން އަޚްތަރުގެ އާ ފިލްމު "120 ބަހާދޫރް" ގެ ޓީޒާ ދައްކާލައިފިއެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 21 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު 1962 ގައި ކުރި ހަނގުރާމަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ރަޒްނީޝް 'ރާޒީ' ގާއީ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "120 ބަހާދޫރު" އަކީ ފަރުހާނާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓާއި ޓްރިގާ ހެޕީ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެވެ.

މީގެ ކާސްޓްގައި ރާޝީ ކަންނާ އާއި ވިވިއަން ބަޓޭނާ އަދި އަންކިތު ސިވަޗް ވެސް ހިމެނެއެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 21 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް