ސައްޔާރާގެ ޕޯސްޓަރު
ސައްޔާރާގެ ޕޯސްޓަރު
މިދިޔަ މަހު 18 ގައި ނެރުނު ފިލްމު "ސައްޔާރާ" އަށް ބޮކްސް އޮފީހުގައި 500 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ މަހު 18 ގައި ޕްރިމިއާކުރި "ސައްޔާރާ"އަށް 18 ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 507 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ.

އިންޑިއާގައި މި ފިލްމު ދައްކައިގެން މިހާތަނަށް ލިބިފައި ވަނީ 376 ކްރޯޑް ރުޕީސް އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ދައްކައިގެން 131 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.

މިއީ މިފަހުން ބޮލީވުޑްގެ ފިލްމަކަށް މިވަރުގެ ބޮޑު ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

އަދި ހަމަ އެހެންމެ މިއީ ބޮލީވުޑަށް އަލަށް ތައާރަފުވި އެކްޓަރެއްގެ ފިލްމަކަށް 500 ކްރޯޑް ރުޕީސް ލިބުނު ފުރަތަމަ ފަހަރު ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު