އެޑިއުކޭޝަން މިނިސްޓަރ
އެޑިއުކޭޝަން މިނިސްޓަރ
ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ސެން ޓީޗަރުން މަދުވުމުގެ މައްސަލަ ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ އުގެނުމުގައި ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ކޯސް އިޢުލާންކުރުމަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ނިޒާމުގައި އެކިއެކި ޚިދުމަތްތައް ދެމުންދާއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައި އޮތް އެއް ދާއިރާއަކީ، އުނގެނުމުގައި އަދި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ކުރާ މަސައްކަތުގައި ކިޔަވައިދިނުމުގެ ފެންވަރު ހަރުދަނާކޮށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

މި ދާއިރާއިން މުދައްރިސުންގެ ދަތިކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފާއިތުވި ދުވަސްތަކުގައި 120 ސެން މުދައްރިސުން އެ ދާއިރާއަށް ނެރެވިފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޤައުމީ ތަރައްޤީގެ މަސައްކަތުގައި އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް ބަޔަކީ މުދައްރިސުންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މުދައްރިސުން ތަމްރީނުކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ހާއްސަކޮށް ޕްރައިމަރީ ގްރޭޑްތަކުގެ ކޯސްތަކުގައި ކިޔަވައިދޭއިރު މުގައްރަރު އެއްހަމަކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް