ދަ ޓްރަޔަލް ގެ ޕޯސްޓަރު
ދަ ޓްރަޔަލް ގެ ޕޯސްޓަރު
ބޮލިވުޑް ބަތަލާ ކާޖޮލް ދޭވްގަން ވަކީލެއްގެ ރޯލުން ފެނިގެންދާ ސީރީސް "ދަ ޓްރަޔަލް"ގެ ދެވަނަ ސީޒަން އަންނަ މަހު ގެނެސްދޭނެކަން އިއުލާނުކޮށްފިއެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މި ވެބް ސީރީސް ސްޓްރީމިންގްއަށް ދޫކޮށްލަނީ ޖިއޯހޮޓްސްޓާއަށެވެ.

ސުޕާން ވަރުމާ ޑައިރެކްޓްކޮށްފައިވާ "ދަ ޓްރަޔަލް" އަކީ "ދަ ގުޑް ވައިފް"ގެ ނަމުގައި ހޮލީވުޑުން ގެނެސްދިން ސީރީސްގެ ހިންދީ ވާޝަނެވެ.

ކާޖޮލްއާއެކު މި ސީރީސްއިން ފެންނާނެ މުހިއްމު ތަރިންގެތެރޭ ޖިޝޫ ސެންގުޕްތާ، ޝީބާ ޗައްދާ، ކުބްރަތު ސައިތު އަދި އާމިރު އަލީ ހިމެނެއެވެ.

މި ސީރީސްގެ ދެވަނަ ސީޒަންއިން ކާޖޮލް ފެންނަނީ ގާނޫނީ ދާއިރާއިން ލިބުނު ތަޖުރިބާގެ އަލީގައި ކުރިއަށްވުރެ މާ ވަރުގަދަކޮށް މަސައްކަތްކޮށް، އަމިއްލަ އާއިލާއަށް ރައްކާތެރިކަން ހޯދުމަށް މަސައްކަތްތައް ކުރާ ފަރާތެއްގެ ގޮތުގައެވެ.

ޖިއޯހޮޓްސްޓާއިން މި ސީރީސްގެ ދެވަނަ ސީޒަން ގެނެސްދޭ ތާރީޚު އިއުލާނުކުރަމުން ބުނެފައި ވަނީ "ދަ ޓްރަޔަލް" ދޫކޮށް ކާޖޮލް ނުދާ ކަމަށާއި އެނބުރި އަންނަނީ ވެސް އެ ޖޯޝުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް