ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގު ލީޑުން ފެނިގެންދާ ފިލްމު "ދުރަންދަރު" ގެ އެންމެ ފަހުގެ ޝޫޓުތަކަށް އޭނާ ތައްޔާރުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އަދިތިޔާ ދަރު އާއި ޖިއޯ ސްޓޫޑިއޯސް އިން ގުޅިގެން ގެނެސްދޭ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ނެރުނީ ޖުލައި މަހު ކުރީކޮޅުގައެވެ. މި ފިލްމު ޑައިރެކްޓު ކުރަނީ އަދިތިޔާ ދަރުއެވެ.
"ދުރަންދަރު" އަކީ އިންޑިއާގެ އިންޓެލިޖެންސް އެޖެންސީތަކުގައި މަސައްކަތްކޮށްފައިވާ ކުޅަދާނަ 'ހީރޯ' އިން ކަމަށްވާ އަޖިތު ދޯވަލް އާއި އޭނާގެ ޓީމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ފިލްމުގެ ބާކީ އޮތީ 50 ޝޫޓެވެ. އަދި އެ ޝޫޓުތައް އޮކްޓޯބަރު މެދުތެރޭގައި ނިމޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ފިލްމު ތާވަލު ކޮށްފައިވަނީ މި އަހަރު ޑިސެމްބަރު 5 އަށެވެ. އެހެންނަމަވެސް އެއްވެސް ސަބަބަކާހުރެ އެދުވަހު ފިލްމު ނުނެރެވިއްޖެނަމަ ދެން ފިލްމު ނެރޭނީ 2026 ގެ އީދުގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު