ރިތިކް ރޯޝަން، ޖޫނިއާރ އެން.ޓީ.އާރު، އަދި ކިއާރާ އަދުވާނީ ލީޑުން ފެނިގެންދާ ފިލްމު "ވޯރ 2" އެޑްވާންސް ބުކިންގްސް އަށް ހުޅުވާލައިފިއެވެ.
ޕިންކްވިލާ އިން ބުނާ ގޮތުގައި، "ވޯރ 2" ގެ ހިންދީ ވާރޝަން އިންޑިއާގައި 5000 އަށްވުރެ ގިނަ ސްކްރީންގައި އަޅުވާނެއެވެ. އޭގެ ތެރޭގައި އައިސް، ފޯޑީއެކްސް، އައިމެކްސް އަދި ޑޮލްބީ ސިނެމާ ފަދަ ޕްރިމިއަމް ސްކްރީންތައް ހިމެނޭނެއެވެ.
ވައިއާރްއެފް އިން އިންޑިއާގެ ސިންގަލް ސްކްރީންތަކުގެ 90 އިންސައްތައަށްވުރެ ގިނަ ތަންތަނާއެކު މި ފިލްމު ދެއްކުމަށް އެއްބަސްވެފައިވާއިރު، ނޯތު އިންޑިއާ މާކެޓްގައި މި ފިލްމު ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފިލްމުގައި ހަ އެކްޝަން ސީކުއެންސް ހިމެނޭއިރު، ރިތިކްގެ ޖަޕާނު އެންޓްރީ ސީކުއެންސާއި، އެން.ޓީ.އާރު.ގެ ސޮމާލިއަން ޕައިރޭޓް ބްލޮކް ވަނީ ފިލްމުގެ އެންމެ ބޮޑު ދެ ހައިލައިޓްގެ ގޮތުގައި ފާހަގަކޮށްފައެވެ.
މި ފިލްމު ނެރެން ހަމަޖައްސާފައިވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ޗުއްޓީއާ ދިމާކޮށެވެ.

ކިޔުންތެރިންގެ ހިޔާލު