ބ.ކުޑަރިކިލު ކައިރީގައި އޮތް ފިނޮޅު އެރަށު ރައްޔިތުންގެ ބޭނުމަށް ހޯދައިދެއްވުމަށް އެ ރަށުގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެއެވެ.
ބ.ކުޑަރިކިލު ކައުންސިލުން ރައީސް މުޢިއްޒުގެ އަރިހުގައި އެކަމަށް އެދިފައިވަނީ އެ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ސްކޫލްގައެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމާއި ކައިރީގައި އޮތް ފިނޮޅު، ރަށު ރައްޔިތުންގެ ބޭނުމަށް ހޯދައިދެއްވުމަށާއި ރަށްގިރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުން ހިމެނޭ ކަމަށެވެ. މީގެއިތުރުން ސްކޫލްގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމާއި މި މަސައްކަތުގެ އިތުރަށް، ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް ގާއިމުކޮށްދެއްވުމަށާއި ރަށު އިންޖީނުގެއާއި، ދުރު ހިސާބުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ހުރި ދަތިތަކުގެ މައްޗަށް މެންބަރުން އަލިއަޅުވާލި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ރަށު ކައުންސިލާއި ޞިއްޙީ މަރުކަރުގެ ޖާގައިގެ ދަތިކަމުގެ ކަންބޮޑުވުން މި ބައްދަލުކުރެއްވުމުގައި ރައީސް ހިއްސާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމަށެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު