އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓުގެ 12 ވަނަ އަލްބަމް ނެރެން ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފިއެވެ.
ޓެއިލާ ވަނީ މިކަން އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި އަލްބަމްގެ ނަމަކީ "ދަ ލައިފް އޮފް އަ ޝޯގާލް" އެވެ. މި އަލްބަމްގެ ޕްރީ އޯޑަރަށްވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
މި އަލްބަމް އިއުލާންކުރި ނަމަވެސް އަލްބަމްގައި ހިމެނޭ ލަވަތަކުގެ އަދަދާއި އަލްބަމް ނެރޭ ސީދާ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.
އެކަމަކު ޕްރީ-އޯޑަރު ކުރާ ފަރާތްތަކަށް އަންނަ އޮކްޓޯބަރު މަހުގެ 13 ގެ ކުރިން އަލްބަމް ޝިޕްކޮށް ދޭނެ ކަމަށް ބުނެފައިވެއެވެ.
މިހާތަނަށް 14 ގްރެމީގެ އިތުރުން ވެސް މިއުޒިކީ ދާއިރާ އިން ދެވޭ ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ޓެއިލާ، 35، ގެ އެންމެ ފަހުން ނެރުނު އަލްބަމަކީ މިދިޔަ އަހަރުގެ "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އެވެ.

ކިޔުންތެރިންގެ ހިޔާލު