މުޅިން އަލަށް ބިރުވެރި ފިލްމެއް ކުޅެން ސޮއިކޮށްފައިވާ ކަމަށް އިންޑިއާގެ ބަތަލާ ޖެނީލިއާ ޑި ސޫޒާ ބުނެފިއެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ އެއީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) ޑައިރެކްޓުކުރާ ފިލްމެއް ކަމަށެވެ.
މި ފިލްމުގައި ލީޑުން އޭނާއާއެކު ދެން ފެނިގެންދާނީ މަނޯޖް ބަޖްޕާއީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ކުރިން ތަޖުރިބާ ނުކުރާ ޖޯންރާތައް ތަޖުރިބާކުރަން މިހާރު ވަރަށް ބޭނުންވާ ކަމަށާއި ބިރުވެރި ފިލްމެއްގައި އަލަށް ހިއްސާވުމަކީ ކެރިއަރަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ދެކޭ ކަމަށް ޖެނީލިއާ ވަނީ ބުނެފައެވެ.
އަދި އެ ފިލްމުގައި މަސައްކަތް ކުރުމަށް ކެތްމަދުވެފައި ހުރި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު