ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ "ޕްރިންސް" ފަހަދް ސައުދު އަލްޝަލަންއަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ޑރ. އަބުދު ﷲ ޚަލީލް ވިދާޅުވީ އޭނާއަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް ކަމަށެވެ.
ޚަލީލް ވިދާޅުވީ ރާއްޖެއަށް އޭރު އޭނާ ވަޑައިގަތީ ވިޔަފާރީގެ ދަތުރެއްގައި އަމިއްލަ ބައެއް މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތުން އޭނާ ރާއްޖެ ވަޑައިގަތީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ މަސައްކަތްތަކުގައި ހިމެނޭ އެހެން ބޭފުޅުންނާ އެކު ކަމަށް ހަލީލް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ހަބަރު އެންމެ ފުރަތަމަ ޝާއިއުކުރިއިރު ފަހަދުއަށް އަރުވާފައި އޮތް ލަގަބަކީ "ހިޒް ރޯޔަލް ހައިނެސް" އެވެ. އެއީ އެ ގައުމުގެ ރަސްގެފާނުގެ ދަރިންނާއި ކާފަ ދަރިކަލުންނަށް ބޭނުންކުރާ ލަގަބެެއް ކަން ފާހަގަކުރެވެއެވެ. އެ ޚަބަރު ރައީސް އޮފީހުގެ ވެބްސައިޓުން ވަނީ ފަހުން ޑިލީޓްކޮށްފައެވެ. މިއަދު މަޖިިލީހުގައި ވާހަކަ ދައްކަވަމުން ޚަލީލް ވިދާޅުވީ ޕްރިންސް މައްސަލައިގައި ރާއްޖެ އާއި ސަޢޫދީގެ ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށެވެ.
"ނޫން. ސައުދީ އަރަބިއްޔާގެ ގުޅުންތައް ވަރަށް ވަރުގަދަކޮށް ދަނީ،" ހަލީލް ވިދާޅުވި އެވެ.
ޕްރިންސް މައްސަލައިގައި ޚަލީލް އިތުރަށް ވިދާޅުވީ، އިދިކޮޅުން ބޭރުގެ ބައެއް އިންވެސްޓަރުންގެ އަގު ވައްޓާލަން މަސައްކަތްކުރާ ކަމަށެވެ. އެގޮތުން ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އިންވެސްޓަރުންގެ އަގު ވެއްޓޭ ފަދަ ވާހަކަ ދެއްކެވުން ރަނގަޅު ނޫން ކަމަށް ޚަލީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު